މާލެއަތޮޅު ތުލުސްދޫ ކައުންސިިލްގެ އިދާރާ

Secretraiat of Thulusdhoo Council

Introduction to the Council

 The office was opened on 01 May Thereafter, with the enactment of the Decentralization Act, the first session of the local council began on February 26, The terms of the council changed every three years and the fourth term of the council began on May 18, 2021 with the swearing-in of five councilors for a period of five years. The council is divided into 2 sections with 10 employees to provide services to the people. In addition, the council operates a shop called Taraha (people's shop) to provide cheap and convenient gas to the people. A ferry boat called Tharika2 is operated for transportation and cargo. Meanwhile, a school called "K.Thulusdhoo Pre-School" is being run to teach education and skills to the children of the Island . A total of 25 employees are working to provide all these services.

ކައުންސިލްގެ ތައާރަފް

މާލެއަތޮޅު ތުލުސްދޫ އޮފީސް ހުޅުވުނީ 01 މެއި 1991 ވަނައަހަރުއެވެ. އެއަށްފަހު ލާމަރުކަޒީ ޤާނޫނު ވުޖޫވުމާއި ގުޅިގެން 2011 ފެބްރުއަރީ 26 ވަނަ ދުވަހު ލޯކަލް ކައުންސިލްގެ ފުރަތަމަ ދައުރު ފެށި، ކުރިން ހިނގަމުންއައި "މާލެއަތޮޅު ތުލުސްދޫ އޮފީސް" މި ނަން "މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ" ގެ ނަމަށް ބަދަލުވެގެން ދިޔައެވެ. އަދި މިގޮތުގެ މަތިން ކައުންސިލްގެ ދައުރުތައް ކޮންމެ 3 އަހަރަކުން 3 އަހަރަކުން ބަދަލު ވަމުން ގޮސް، 2021 މެއި 18 ވަނަ ދުވަހު ފަސް އަހަރު ދުވަހުގެ މުއްދަތަށް، ފަސް ކައުންސިލަރުން ހިމެނޭ މި ކައުންސިލް ހުވައި ކުރައްވުމާއިއެކު ކައުންސިލްގެ 04 ވަނަ ދައުރުފެށިގެން ދިޔައެވެ. ރައްތިތުންނަށް ޙިދުމަތް ދިނުމަށް  ކައުންސިލްގެ އިދާރީ ހިނގުން 2 ސެކްޝަނަކަށް ބެހި 10 މުވައްޒަފުންނާއިއެކު މަސައްކަތް ކުރެވެމުން ދެއެވެ. މީގެ އިތުރުން ކައުންސިލްގެ ބެލުމުގެ ދަށުން ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އަގުހެޔޮކޮށް، ކާޑާއައި ގޭސް ފޯރުކޮށްދިނުމަށް ތަރަހަ ( ރައްޔިތުންގެ ފިހާރަ) ނަމުގައި ފިހާރައެއް ހިންގަމުންދެއެވެ. އަދި ދަތުރު ފަތުރު ކުރުމަށާއި މުދާއުފުލުމަށް ތަރިކަ2 ގެ ނަމުގައި ފެރީ ދޯންޏެއް ދުއްވުމުންދެއެވެ. މިއާއިއެކު ރަށުގެ ތުއްތު ކުދިންނަށް ތަޢުލީމާއި ހުނަރު ދަސްކޮށްދިނުމަށް "ތުލުސްދޫ ޕްރީ ސްކޫލު" ގެ ނަމުގައި ސްކޫލެއްވެސް ދަނީ ހިންގަމުންނެވެ. މިހުރިހާ ޚިދުމަތެއް ދިނުމަށް ޖުމްލަ 25 މުވައްޒަފުންދަނީ ހަރަކާތްތެރި ވަމުންނެވެ.

Thulusdhoo Map

ތުލުސްދޫ ޗާޓް