This Council, is the legislative body elected under the law of local government, in Maldives. There are seven members elected as the council by a vote by the people of the island. Apart from the council members who make decisions, civil servants who are appointed to implement the decisions taken by the council members are formed as an organization.
Ut pretium nisl vel rhoncus ultricies. Integer vel consectetur purus, sed ultricies urna. Nam mattis et risus at molestie. Ut sodales venenatis porttitor. Maecenas orci nisl, consectetur id luctus eu, porta non purus. Nulla at sodales odio, auctor tincidunt nulla. Cras ante dui, eleifend at imperdiet nec, pellentesque et lectus.
Aenean congue quam et urna lacinia, consectetur pretium velit ultricies. Suspendisse porttitor quam eu elit congue iaculis. Suspendisse fermentum auctor diam, vestibulum rutrum nibh cursus eu. Donec rhoncus nisi non ornare iaculis.
Tabs Section
މާލެއަތޮޅު އަތޮޅުކައުންސިލުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން އަތޮޅު ކައުންސިލަށް މަތިކޮށްފައިވާ އެންމެހާ މަސައްކަތްތައް ހިންގުމާއި، ކ. އަތޮޅު ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރާއެކު މަސައްކަތް ކުރުމާއި، އަތޮޅު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ރާވާ ހިންގުމާއި، ސަރުކާރުގެ އެކި މުއައްސަސާތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމާއި، ރައްޔިތުންގެ ފަރާތުން ހުށަހެޅޭ މައްސަލަތައް ހައްލުކޮށް ދިނުމެވެ.
މިގޮތުން މައިގަނޑު މަސްއޫލިއްޔަތުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނެނީ:
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނާއިއެއްގޮތްވާ ގޮތުގެ މަތިން އެ ދާއިރާއެއް ހިންގައި، އެ ދާއިރާ ތަރައްޤީކުރުމަށް މަސައްކަތްކުރުން.
ރަށު ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ ކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން.
ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމާއި ކައުންސިލްގެނިންމުންތައް ތަންފީޒު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން
ކައުންސިލްގެ އިދާރާގެ ވިޝަނ،ް މިޝަނ،ް އެކްޝަން ޕްލޭން އަދި ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގައި ލަފާ ދިނުމާއި ބޭނުންވާ މަޢުލޫމާތު ޙިއްސާކުރުން
ކައުންސިލްގެ އިދާރާގެ ވިޝަނ،ް މިޝަނ،ް އެކްޝަން ޕްލޭން އަދި ސްޓްރެޓެޖިކް ޕްލޭން ރާވައި ނަތީޖާ ހާސިލުކުރުމަށް މަސައްކަތް ރާވާ ހިންގުމަށް ބާރު އެޅުން
ޚިދުމަތްތަކާއި ގުޅުންހުރި މައްސަލަތަކުގައާއި މީޑިއާގައާއި އާންމުންގެ ތެރޭގައި އުފެދޭ ސުވާލުތަކާއި ބެހޭގޮތުން ކައުންސިލްގެ ރައީސް ކުރިއަށް މަޢުލޫމާތުދީ އެކަމުގައި ކައުންސިލްގެ ރައީސް ޖަވާބުދާރީވުމަށް އެހީތެރިވެދިނުން
މަސައްކަތަށް ބޭނުންވާ ޤާބިލް މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުމަށް މަސައްކަތްކޮށް ކައުންސިލްގެ މުވައްޒަފުންނަށް ވަޒީފާގައި ކުރިއަށްދެވޭނެ މަގުތައް ހޯދައިދީ އެހީތެރިކަން ފޯރުކޮށްދިނުން
ކައުންސިލްގެ އިދާރާގެ މަސައްކަތު މާޙަޢުލަކީ ރައްޔިތުންނަށް އަދި މުވައްޒަފުންނަށް އިޚްތިރާމް ކުރާ، މުވައްޒަފުންގެ އިތުބާރާއި ޔަޤީންކަން އޮތް ހިންގުންތެރި މާހަޢުލެއްތޯބެލުން
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައިވާ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާތޯ ޗެކްކުރުން
މިކައުންސިލަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޤާނޫނީ ޝަޚުސެކެވެ. މިކައުންސިލްގައި ރަށު ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކޮށްފައިތިބި 5 ކައުންސިލަރުން ތިއްބަވައެވެ. އަދި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ސިވިލްސަރވިސްގެ މުވައްޒަފުން ހިމެނޭގޮތަށް ކައުންސިލްގެ އިދާރާއެއްވަނީ ގާއިމްކޮށްފައެވެ. މިއިދާރާގެ ޚިދުމަތްތައް އަމާޒުކުރެވިފައިވާނީ ރަށުގެ ރައްޔިތުންނަށެވެ.