Kaashidhoo is a Islands in the northernmost part of the province. Geographically, it is a separate province, but for administrative convenience, it is designated as a Male’ Atoll. Kaashidhoo is located about 54 miles from Male’alam. It takes 1 hour and 30 minutes by speed boat.
The code given to the Islands is H0 It is located in the central part of the country at 4.9540° N to 73.4622° E. The Kaashidhoo Sea (Kadiva Channel) runs from southwest to northeast through the provinces.
It is the 5th largest Islands in Sri Lanka. The total registered population of Kaashidhoo is 2593 but there are about 2847 people living in the Islands. The Islands is large but populated in a relatively small area in the middle of the Islands. Then there is a large marshy jungle and grassland with coconut trees and shellfish.
Geographic coordinates: 4.9540° N, 73.4622° E
Islands area: 277.6 hectares
Population: 2593
Bybo Min: 9.113
Number of plots allocated: 908 plots
މާލެއަތޮޅު ކާށިދޫ އަކީ ކ.އަތޮޅުން އެންމެ އުތުރަށް އަތޮޅާއި މުޅިން އެކަހެރިކޮށް އޮންނަ ރަށެކެވެ. ޖިއޮގްރަފީ ގޮތުން ބަލާއިރު ވަކި އަތޮޅެއް ގޮތަށް އޮތްކަމުގައި ވީނަމަވެސް އިދާރީގޮތުން ހިންގުން ފަސޭހަކުރުމުގެ ގޮތުން މިރަށަކީ މާލެއަތޮޅު ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ރަށެކެވެ. ކާށިދޫ އަކީ މާލެއާއި ގާތްގަނޑަކަށް 54 މޭލު ދުރުގައި އޮންނަ ރަށެކެވެ. ސްޕީޑް ލޯންޗެއްގައި ނަމަ 1 ގަޑިއިރާ 30 މިނެޓުގެ ދަތުރެކެވެ.
ރަށަށް ދެވިފައިވާ ކޯޑަކީ H01 އެވެ. މިރަށް އޮންނަނީ މެދުރާއްޖެތެރެ ތެރޭގައި 4.9540° N ދަރަޖައިން 73.4622° E ދަރަޖައަށެވެ. ކާށިދޫ ކަނޑު (ކާޑިވާ ޗެނަލް) އޮންނަނީ ރާއްޖޭގެ ހުޅަނގުދެކުނުން އިރުއުތުރަށް އަތޮޅުތަކުގެ މެދުން ދެމިގެންދާ ގޮތަށެވެ.
މިރަށަކީ ރާއްޖޭގެ ނިސްބަތުން ބިމުގެ ގޮތުން 5 ވަނައަށް އެންމެ ބޮޑުރަށެވެ. 400 އެއްހާ ގޭބީސީ ހުންނަ ކާށިދޫގެ ރަޖިސްޓްރީ އާބާދީގެ ޖުމުލައަކީ 2593 ނަމަވެސް މި ރަށުގައި ގާތްގަނޑަކަށް 2847 މީހުން ދިރިއުޅެމުންދެއެވެ. ރަށަކީ ބޮޑުރަށެއް ނަމަވެސް މީހުން އާބާދު ވެފައި އޮންނަނީ ރަށުގެ މެދަށް އޮންނަ ނިސްބަތުން ކުޑަ ސަރަހައްދެއްގައެވެ. ދެން އޮންނަނީ ބޮޑު މާސިންގާ ޖަންގައްޔަކާއި ކުއްޅަވައްފާ އަދި ކަނޑޫފާތައް ހިމެނޭ ޗަސްބިމެވެ.
ޖިއޮގްރަފިކް ކޯރޑިނޭޓްސް: 4.9540° N, 73.4622° E
ރަށުގެ ބޮޑުމިން: 277.6 ހެކްޓަރ
ރަށުގެ އާބާދީ: 2593
ބައިބޯ މިން: 9.113
ދޫކުރެވިފައިވާ ގޯތީގެ ޢަދަދު: 908 ގޯތި