Gulhi is about 12 miles from the city. 30 minutes by speed boat. The population of the island is 993 people. The island covers an area of 9.95 hectares and has a population of about 1200 people. There are 123 households in the island. The island has one of the busiest shipyards in the region, a magistrate's court, 1 mosque, 11 local shops and 8 cafes/restaurants.
This Island has a beautiful beach and is always visited by tourists from nearby Islands, resorts and cruise liners. It has also become a popular weekend destination among those working and living in the Malé area.
Although this Island is small in terms of land, the unity of the people shows an example and love for the environment and works to promote structural and social development in a sustainable manner.
ގުޅިއަކީ މާލެއާއި ގާތްގަޑަކަށް 12 މޭލު ދުރުގައި އޮންނަ ރަށެކެވެ. ސްޕީޑް ލޯންޗެއްގައި ނަމަ 30 މިނެޓުގެ ދުރުމިނެކެވެ. އަތޮޅުގެ ދެކުނަށް އޮންނަ މި ރަށުގެ އާބާދީއަކީ 993 މީހުންނެވެ. ރަށުގެ ބޮޑުމިނުގައި 9.95 ހެކްޓަރ ހުންނަ މި ރަށުގައި ގާތްގަޑަކަށް 1200 މީހުން ދިރިއުޅެމުންދެއެވެ. ރަށުގެ ގޭބިސީންގެ އަދަދަކީ 123 އެވެ. މީގެ އިތުރުން، މިރަށުގައި މިސަރަހައްދުގެ އެންމެ ގިނައިން ބޯޓު ފަހަރު އެހެލާ އެއް ބޯޓް ޔާޑާއި މެޖިސްޓްރޭޓް ކޯޓަކާއި 1 މިސްކިތެއް ވާއިރުގައި 11 ލޯކަލް ފިހާރަޔާއި 8 ކެފޭ/ރެސްޓޯރަންޓް ހުރިކަން ފާހަގަ ކުރަމެވެ.
މިރަށަކީ ހާއްސަ ރީތި ގޮނޑު ދޮށެއްވާ ރަށަކަށް ވެފައި، ކައިރީގައިވާ އެކި ރަށްރަށުން ފަތުރުވެރިންނާއި ދިވެހިންގެ އިތުރުން ކްރޫޒް ލައިނަރ ތަކުން އަންނަ ފަތުރުވެރިންވެސް އަބަދުމެ ދަތުރުކުރަމުން އަންނަ ރަށެއްކަން ފާހަގަ ކުރަމެވެ. އަދި ހަފްތާ ބަންދަށް މާލެ ސަރަހައްދުގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ފަރާތްތަކުންގެ މެދުގައި މަޤުބޫލު ރަށަކަށްވެސް ވެފައިވާކަން ފާހަގަކުރަމެވެ.
މި ރަށަކީ ބިމުގެ ގޮތުން ކުޑަރަށަކަށް ވީ ކަމުގައި ވިޔަސް ރައްޔިތުންގެ އެއްބައިވަންތަކުމެ މިސާލު ދައްކާ އަދި ތިމާވެށްޓައް ލޯބި ދެއްކުމާއި އުމްރާނީ އަދި އިޖުތިމާއި ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުން ދާ ރަށެއްކަން ފާހަގަ ކުރަމެވެ.